ނިމިދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން، ވޯޓް އޮޅުވާލި ކަމަށް ބުނެ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަޕް، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
އެގޮތުން ޓްރަމްޕްގެ ޓީމުން ހުށަހަޅާފައިވަނީ، އެމެރިކާގެ ހަތަރު ސްޓޭޓެއްގެ ވޯޓް އޮޅުވައިލާފައިވާ ކަމަށް ބުނެއެވެ. އެއީ، ޕެންސިލްވޭނިއާ، މިޝިގަން، ޖޯޖިއާ އަދި ވިސްކޮންސިން އެވެ. އެހެންނަމަވެސް ޓްރަމްޕްގެ ޓީމުން އެމައްސަލަ ހުށަހެޅީ އެ ހަތަރު ސްޓޭޓްގެ ވޯޓް އޮޅުވާލާފައިވާ ކަމަށް ނިންމައި ދިނުމަށް އެދިއެވެ.
މީގެ އިތުރުން ޓަރަމްޕްގެ ޓީމުން ސުޕްރީމް ކޯޓަށް ހުށަހެޅި ހަތަރު ސްޓޭޓެއްގެ ވޯޓް އޮޅުވާލި މައްސަލަ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލާފައިވަނީ ޓެކްސަސް އާއި އެއްވެސް ގުޅުމެއްނެތް މައްސަލައެއް ޓެކްސަސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށް ބުނެއެވެ.
އިންތިޚާބުން ބަލިވުމުން ފުލުފުލުގައި ޓްރަމްޕް ކޯޓުތަކަށް ހުށަހެޅި އެއްވެސް މައްސަލައެއް އަދި މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ. ޓްރަމްޕްގެ ޓީމުން މަސައްކަތް ކުރަމުން ގެންދަނީ މިޝިގަން، ވިސްކޮންސިން، ޕެންސިލްވޭނިއާ އަދި ޖޯޖިއާގެ ނަތީޖާ ބަދަލު ކުރާށެވެ.




