ބޮލީވުޑްގެ ކާމިޔާބު ސުޕަރ ހީރޯ ފްރެންޗައިޒް 'ކްރިޝް 4' ގެ ލީޑްރޯލުން ފެނިގެންދާނީ މަޝްހޫރު ބަތަލާ ކިއަރާ އަދްވާނީ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.
މަޝްހޫރު ބަތަލް ރިތިކް ރޯޝަން ލީޑްރޯލުން ފެނިގެންދާ، ކްރިޝް ފްރެންޗައިޒްގެ 4 ވަނަ ފިލްމު ހަދަން ދަނީ މިހާރު މަޝްހޫރު ޑައިރެކްޓާ ރާކޭޝް ރޯޝަން ތައްޔާރުވަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެއެވެ.
'ކްރިޝް 4' ގައި ދެ ބަތަލާ އަކަށް މުހިއްމު ރޯލުތަކެއް ހިމެނެ އެވެ. ކުރިން ހަމަޖެހިފައި އޮތީ ލީޑް ރޯލު ކްރީތީ ސެނަން ކުޅޭ ގޮތަށެވެ. ނަމަވެސް ގިނަ ފިލްމުތަކެއްގައި ސޮއި ކޮށްފައި ވާތީ ކްރީތީ އަށް ތާރީޚުތައް ދެވެން ނެތިގެން ކިއާރާ ލީޑް ރޯލަށް ހަމަޖެއްސީ ކަމަށް ވެއެވެ.
"ކްރިޝް 4"ގެ ޓީމުން މިހާރު ގެންދަނީ ކިއާރާ އާ މި ފިލްމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ. ދެ ފަރާތުން އެއްބަސްވެވިއްޖެނަމަ މި ފިލްމު ކުޅެން ކިއާރާ ސޮއި ކުރާނެ އެވެ.




