"ބްލެކް ޕެންތާ" ގެ ރޯލަށް ޗެޑްވިކް ބޮސްމެންގެ ބަދަލުގައި އާ އެކްޓަރަކު ނުނަގާނެ!

މާވެލްގެ ސުޕަހީރޯ ފިލްމް "ބްލެކް ޕެންތާ"ގައި ބްލެކް ޕެންތާން ރޯލު ކުޅެގެން މަޝްހޫރުކަން ހޯދި އެކްޓަރު ޗެޑްވިކް ބޯސްމެން، ކެންސަރު ބަލީގައި މިއަހަރުގެ އޮގަސްޓުމަހު މަރުވެފައިވާއިރު، އެންމެ ގިނަ ބަޔަކު މިހާތަނަށް ދައްކަމުން އައި ވާހަކައަކީ، "ބްލެކް ޕެންތާ"ގެ ރޯލުން ދެން ފެނިގެންދާނީ ކޮން އެކްޓަރެއްކަމާއި މެދުއެވެ.

ނަމަވެސް، ޗެޑްވިކްގެ ބަދަލުގައި މި ރޯލުން އެހެން ތަރިއަކު ނުފެންނާނެކަމަށް މާވެލްގެ ސްޓޫޑިއޯގެ ވެރިއާ، ކެވިން ފީޖް ވަނީ ދާދިފަހަކުން ކަށަވަރުކޮށްދީފައެވެ.

ޗެޑްވިކް މަރުވުމުގެ ކުރިން، "ބްލެކް ޕްންތާ"ގެ ދެވަނަ ބައެއް ގެނެސްދިނުމަށް އިއުލާންވެސް ކޮށްފައިވާއިރު، މި ރޯލު، ޗެޑްވިކްގެ ބަދަލުގައި އެހެން އެކްޓަރަކު އަދާނުކުރިނަމަވެސް، ވަކަންޑާގެ ވާހަކަތަކާއި، އަދި ފިލްމްގައި ފެނިގެންދިޔަ އެހެން ކެރެކްޓަރ ތަކުގެ ވާހަކަ ފިލްމްގެ ދެވަނަ ބައިން ގެނެސްދޭނެކަމަށް މާވެލް އިން ވަނީ އިއުލާންކޮށްފައެވެ.

މާވެލް އިން ބުނެފައިވާގޮތުގައި، ޗެޑްވިކްގެ ބަދަލުގައި މި ރޯލު ކުޅުމަށް އެހެން އެކްޓަރަކު ހަމަ ޖައްސަން ނުނިއްމީ، ޗެޑްވިކް އަށް އިހްތިރާމްކުރުމުގެ ގޮތުންނެވެ.

43 އަހަރުގައި ޗެޑްވިކް މި ދުނިޔެ ދޫކުރީ ފާއިތުވި 4 އަހަރުގެ ކެންސަރާއި ހަނގުރާމަކުރުމަށްފަހުއެވެ.

"ބްލެކް ޕެންތާ 2" ސިނަމާތަކަށް އަންނާނީ، 8 ޖުލައި 2022 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ