މިދިޔަ އަހަރު ޝޫޓިން ފަށައި، މި އަހަރު ކޮވިޑާ ހެދި މަޑުޖެހުންތަކެއް އައި ޝާހިދު ކަޕޫރްގެ ފިލްމު "ޖާޒީ" ގެ ޝޫޓިން އެއްކޮށް ނިންމާލައިފި އެވެ.
މި ފިލްމަކީ މިދިޔަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ތެލެގޫ ފިލްމުގެ ރިމެކެކެވެ. އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި ގޯތަމް ތިނައްނޫރީ ޑައިރެކްޓްކޮށް ގެނެސްދޭ "ޖާޒީ" ގައި ޝާހިދު ފެންނާނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުންނެވެ.
މި ކާސްޓްގައި އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރާއި މުރްނާލް ތާކޫރް ވެސް ހިމެނެ އެވެ.
"ޖާޒީ" ގެ މަންޒަރުތައް ނަގާފައި ވަނީ ޗަންދީގަޅާއި ދެހެރާދުންގަ އެވެ. އިންސްޓަގްރާމްގައި ޝާހިދު ބުނީ ފިލްމުގެ ޝޫޓިން ނިންމައިލީ ކޮވިޑްގެ ފަހުން ޝޫޓިން ފަށައި 47 ދުވަހުން ކަމަށެވެ.
ޝާހިދު އެންމެ ފަހުން ކުޅުނު މިދިޔަ އަހަރުގެ "ކަބީރު ސިންގް" އަކީ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ.




