ނެހާ ބަނޑުބޮޑުތަ؟

ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު ބަނޑުބޮަޑު ކަމަށް ބުނެ ވާހަކަ ފެތުރެންފަށައިފިއެވެ.

ނެހާ ބަނޑުބޮޑު ކަމަށްބުނެ ސޯޝަލް މީޑިއާގައި އަޑުފެތުރެން ފެށީ، ނެހާ މިއަދު އޭނާގެ އޮފިޝަލް އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރި ފޮޓޯ އަކާއި ގުޅިގެންނެވެ. އެ ފޮޓޯގައި ނެހާ އެނާގެ ބަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު، ރޯހަން ޕްރީތު ހުރީ ފަހަތުން ނެހާ ގައިގަ ބައްދާލައިގެންނެވެ.

ނެހާ ހިއްސާ ކުރި އެ ފޮޓޯ އިން ފެންނަފެނުމަށް ހީވަނީ ނެހާ ބަނޑުބޮޑު ހެންނެވެ. އެ ފޮޓޯ އިން ކުޑަކުޑަ ބޭބީ ބަންޕްއެއް ފެންނަން އިނެވެ.

ނެހާ އެފޮޓޯ އިންސްޓަގްރާމުގައި ހިއްސާ ކުރުމުން އޭނާގެ ފިރިމީހާ ރޯހަން ޕްރީތު ވަނީ، ދެން ނެހާ އަށް އިތުރަށް އަޅައިލާން ޖެހޭނެ ކަމަށް ބުނެފައެވެ. އެ ފޮޓޯ ވަނީ ނެހާގެ ފިރިމިހާ ރޯހަން ޕްރީތު ވެސް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

ނެހާ ބަނޑުބޮަޑު ކަމަށް ބުނެ އިންޑިއާގެ ބައެއް ބޮލީވުޑްގެ ހަބަރުފަތުފާ ނޫސްތަކުން ވެސް ރިޕޯޓްކޮށްފައިވާއިރު، އަދި މިހާތަނަށް އެކަމާއި ގުޅޭ ވަކި އެއްޗެއް ނެހާ ވެސް ރޯހަން ޕްރީތު ވެސް ނުބުނެއެވެ.

ނެހާ ކައްކަރު މަޝްހޫރު ޕަންޖާބުގެ ލަވަކިޔުންތެރިޔާ ރޯހަން ޕްރީތު ސިންގް އާއި ކައިވެނި ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ