ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަކުލް ޕްރީތު ސިންގު ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ޕޮޒޮޓިވްވެއްޖެއެވެ.
ޕިންކްވިލާގައި ބުނެފައިވާގޮތުގައި، ރަކުލް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ، މަޝްހޫރު ބަތަލާ އަޖޭ ދޭވްގަން އާއިއެކު ފެނިގެންދާ ފިލްމު"މޭޑޭ" ގެ ޝޫޓިންތައް ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
ރަކުލް ކޮވިޑަށް ޕޮޒިޓިވްވުމުން އެ ހަބަރު އޭނާގެ ސަޕޯޓަރުންނާއި ހިއްސަ ކުރަމުން ރަކުލް ބުނީ، ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ އަމިއްލައަށް ކަރަންޓީނު ވެފައިވާ ކަމަށެވެ. ރަކުލް ބުނީ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
???????????? pic.twitter.com/DNqEiF8gLO
— Rakul Singh (@Rakulpreet) December 22, 2020
ރަކުލް ވަނީ ވޭތުވެދިޔަ 14 ދުވަހު އޭނާ އާއި ދިމާވި އެންމެން ވެސް ކޮވިޑް ޓެސްޓް ކުރުމަށް އެދިފައެވެ.




