ސޫދާނުން އެގައުމުގެ އިދިކޮޅު ލީޑަރުން ހައްޔަރު ކޮށްފި

ހަމަނުޖެހުން އިންތިހާ އަށް ބޮޑުވެފައިވާ ސޫދާނުގެ އިދިކޮޅު ލީޑަރުން އެގައުމުގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފިއެވެ.

މިގޮތުން ސޫދާނުގެ ސަލާމަތީ ބާރުތަކުންވަނީ ސޫދާނުގެ އިދިކޮޅު ސިޔާސީ ލީޑަރުން ކަމަށްވާ މުހައްމަދު އިސްމަތު އާއި އަދި އިސްމާއިލް ޖަލަބް ހައްޔަރު ކޮށްފައެވެ. މި ދެބޭފުޅުން ހައްޔަރު ކޮށްފައިވަނީ އިތިއޯޕިއާގެ ޕުރައިމް މިނިސްޓަރ ސޫދާނުގެ ހަމަނުޖެހުން ކޮންޓުރޯލް ކުރުމަށްޓަކައި ދެފަރާތުގެ އިސްވެރިންނާއެކު ހުކުރު ދުވަހު ބައްދަލު ކުރައްވައިފައި ވަނިކޮށެވެ.

ރައްޔިތުން ކުރި ދިގުލީ މުޒާހަރާތަކާ ގުޅިގެން މިދިޔަ އެޕްރީލްމަހު ސޫދާނުގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރު މަގާމުންދުރުކުރުމަށްފަހު ސޫދާންގައި ވެރިކަންކުރަނީ އަސްކަރީ ޖެނެރަލުން ހިމެނޭ އަސްކަރީ މަޖިލީހަކުންނެވެ.

މުޒާހަރާކުރާ އިދިކޮޅު ފަރާތްތަކުން މިހާރު އެދެމުންދަނީ އަސްކަރީ މަޖިލިސް އުވާލައި މަދަނީ އިންތިގާލީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށެވެ. ނަމަވެސް އަސްކަރީ މަޖިލީހުން މިހާތަނަށްވެސް މިކަން ކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ