ރަޝިޔާގެ ތަހުގީގީ ނޫސްވެރިޔާ އިވާން ގޮލަނޯވް ހައްޔަރު ކޮށްފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އިވާން ގޮލަނޯވް ހައްޔަރު ކޮށްފައިވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯއިން މަސްތުވާ ތަކެތި ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
އިވާން ގޮލަނޯވްގެ ވަކީލު ވިދާޅުވެފައިވަނީ، އިވާން ގޮލަނޯވް ހައްޔަރުކޮށްފައިވަނީ ފުރޭމް ކޮށްގެން ކަމަށެވެ. ނަމަވެސް ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން މި ތުހުމަތުތައް ދޮގު ކުރެއެވެ. އިވާން ގޮލަނޯވް މަސައްކަތްކުރާ ރަޝިޔާގެ މެޑުޒޯ ނޫހުންވެސް ތުހުމަތު ކޮށްފައިވާނީ އެ ނޫހުގެ ކުޅަދާނަ ތަހުގީގީ ނޫސްވެރިޔާ ހައްޔަރުކޮށްފައިވަނީ އެ ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
ރަޝިޔާގެ ފުލުހުންވަނީ އިވާން ގޮލަނޯވް ވިއްކަން ގެންގުޅުނު މަސްތުވާތަކެތި ކަމަށް ބުނެ މަސްތުވާ ތަކެތި ތަކެއްގެ ފޮޓޯތައްވެސް އާންމު ކޮށްފައެވެ. ނަމަވެސް އެ މަސްތުވާ ތަކެއްޗަކީ އެހެން މައްސަލައެއްގައި ފުލުހުން ހޯދާފައިވާ މަސްތުވާ ތަކެތި ކަމަށްބުނެ އެ ފޮޓޯތައް ނަގައިފައެވެ.
ހައްޔަރުގައި ހުއްޓައި އިވާން ގޮލަނޯވް ވަނީ ޑޮކްޓަރައް ދެއްކުމަށްވެސް ގެންގޮސްފައެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ރަޝިޔާ ފުލުހުންވަނީ އޭނާ ހައްޔަރުގައި ބަހައްޓައި އަނިޔާވެސް ކޮއްފައެވެ.




