'ރޫމީ އާ ޖަންނަތު' ޖެނުއަރީ އެކެއްގައި ބެލުންތެރިންނާއި ހަމައަށް

ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" ގެ ފުރަތަމަ އެޕިސޯޑް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދެއްކުމަށް ހަމަޖައްސައިފިއެވެ.

އައިޝަތު ފުއާދު ތައުފީގު އާއި އަހުމަދު ތަލާލް ގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ މި ސީރީޒަކީ އަލީ ޝިފާއު (ޗިއްޕެ) އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ވެބް ސީރީޒެކެވެ.

މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ގެނެސް ދިނުމަށް ހަމަޖެހިފައިވާ މި ވެބް ސީރީޒްގެ ފުރަަތަމަ އެޕިސޯޑް ހިލޭ ބަލާލެވޭނެއެވެ. މި ވެބް ސީރީޒްގެ މުހިންމު ރޯލުތަކުން އަބްދުﷲ ޝާފިއު އާއި ނުޒުހަތު ޝުއައިބް އާއި ޝީލާ ނަޖީބް އަދި ރޯނު ހަސަން މަނިކުވެސް ފެނިގެންދާނެއެވެ.

މި ވެބް ސީރީޒްގައި މަޝްހޫރު ބަތަލާ ނުޒޫ ފެނިގެންދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ. އަދި ފުބޫ ފެނިގެންދާނީ ޝެފެއްގެ ރޯލުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ