ލޯބިވެރިންގެ ގޮތުގައި އަޑުފެތުރިފައިވާ ކިއާރާ އަދްވާނީ އަދި ސިދާތު މަލްހޯތުރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މަޝްހޫރު ޖޯޑު ކިއާރާ އަދި ސިދާތު ރާއްޖެ އައިސްފައިވަނީ އާ އަހަރު ފާހަގަކުރުމަށެވެ. ކިއާރާއާއި ސިދާތު ވަނީ އެދެމީހުންގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ރާއްޖޭގެ ބައެއް މަންޒަރުތައް ހިއްސާވެސް ކޮށްފައެވެ.
ކިއާރާ އަދި ސިދާތު ވަނީ މިދިޔަ އާ އަހަރު ވެސް ދެތަރިން އެކީ އެފްރިކާގައި ފާހަގަކޮށްފައެވެ.
ކިއާރާ އަދި ސިދާތު ވަރަށް އަވަހަށް އެދެމީހުންގެ ކުރިއަށް އޮތް ފިލްމު "ޝޭރުޝާހް" ގެ މަސައްކަތްތައްވެސް ފަށާނެއެވެ. އެ ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރް އެވެ.
ސިދާތު އަދި ކިއާރާގެ އިތުރުން މަޝްހޫރު ބަތަލާ އަނަންޔާ ޕަންޑޭ ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.




