"އެކަކަށް ހެދޭ ގޯހެއް އޮތްކަމަށްވަންޏާ، އެކަމެއް އަނެކާއަށް ކިޔައިދީ"

އެކަކަށް ހެދޭ ގޯހެއް އޮތްކަމަށްވަންޏާ، އެކަމެއް އަނެކާއަށް ކިޔައިދިނުމަށް ނައިބު ރައީސް އެދިވަޑައިގެންފިއެވެ.

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިއަހަރަކީ ވަރަށް ތަފާތު، ވަރަށްދަތި، ހިތާމަވެރި އުނދަގޫ ކަންތައްތަކެއް އަޅުގަނޑުމެންނަށް މެދުވެރިވެގެން ދިޔަ އަހަރެއްކަމަށާއި، އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ކަމަކުން ފިލާވަޅުތަކެއް ލިބިގެންދާކަމަށެވެ.

އެގޮތުން ކޮވިޑް- 19 އިން އަރައިގަތުމަށްޓަކައި މިހިސާބަށް މިއާދެވުނީ އަޅުގަނޑުމެން ގުޅިގެން ކުރެވުނު މަސައްކަތުންކަމަށާއި، މި މަސައްކަތުން މިއަދު އިރާދަކުރެއްވިއްޔާ، މިކަންތައްތަކުން އަރައިގަނެވޭ މަންޒަރު ފެންނަކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އިޤްތިޞާދު ރަނގަޅުވެގެންދާ މަންޒަރު، އަޅުގަނޑުމެންނަށް އެބަ ފެނޭ. އަދި އިރާދަކުރެއްވިޔާ، އަންނަ އަހަރު އަޅުގަނޑުމެންނަށް ސްކޫލްތައް ހުޅުވި، ތަޢުލީމު، އާދެ، ކުރިންދިންގޮތަށް އެ މަސައްކަތް ފެށިގެންދާނެކަމީ އެއީ އަޅުގަނޑުމެން މިއަދު އުންމީދުކުރާގޮތް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުން މި ހުރިހާ ކަމެއް ކުރުމުގައިވެސް، އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއްދޭންވީ، އެކުވެރިކަމާއި،  އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، އެކަކަށް ހެދޭ ގޯހެއް އޮތްކަމަށްވަންޏާ، އެކަމެއްވެސް އަނެކާއަށް ކިޔައިދިނުމަށްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތްތަނުގައި، އަޅުގަނޑުމެންނަށް ދަސްވި، އަދި އިތުރަށް ދަސްވި ކަންތައްތަކަށް ބަލައިގެން، އަޅުގަނޑުމެންގެ އުޅުމުގައި ޚަރަދުކުޑަކުރުމާއި، އިސްރާފުނުކޮށް އަޅުގަނޑުމެން އިޤްތިޞާދު ކުރަން ވިސްނަންޖެހޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ