ލަންދޫ ކުޅިދޮށް ޕާކް: ބަލައިލަން ނުގޮސް ހިތަށް ކެތްނުވާނެހާ ހިތްގައިމު

އިއްޔެ މުޅި ފޭސްބުކްގައި އެންމެ އަަޑުހަރުކޮށް ދައްކަމުން ދިޔައީ އެންމެ ވާހަކައެކެވެ. އެއީ ނ. އަތޮޅު ލަންދޫގައި އަލަށް ގާއިމުކުރި ނޭޗަރ ޕާކްގެ ރީތިކަމުގެ ވާހަކައެވެ. ފޭސްބުކްގައި ހިއްސާކޮށްފައި ހުރި އެ ނޭޗާރ ޕާކްގެ ފޮޓޯތަކުން އެކަނިވެސް އެތަނުގެ ހިތްގައިމު ކަމާއި ޗާލުކަން ފެނިގެންދެއެވެ. އެކުވެރިންނާއި އާއިލާއާއި އެކު ބަލައިލަން ނުގޮސް ހިތަށް ކެތްނުވާނެހާ ރީތި މަންޒިލެކެވެ.

ފޮޓޯ: ކުޅިދޮށު ޕާކު (ފޭސްބުކް)

ލަންދޫ ބަނދަރު ކައިރީގައި އޮންނަ ކަނޑޫފަލެއްގައި ހެދި އެ ޕާކަށް އެރަށު މީހުން ކިޔަނީ " ލަންދޫ ކުޅިދޮށް ޕާކް" މިހެންނެވެ. ވިއްސާރަ އާއި އެކު ފެންހެދި ޗަކަވާ، ގުދުުރަތީ ގޮތުން ރީތި ހިތްގައިމު ގަސްތަކަކާއި އެކު އުފެދިފައި އޮންނަ އެ ކަނޑޫފަލުގައި ޕާކެއް ހެދުމުގެ މަސައްކަތް އެރަށު ޒުވާނުންނާއި ކައުންސިލަރުން އިސްނަގައިގެން ފަށާފައިވަނީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ.

ފޮޓޯ: ކުޅިދޮށު ޕާކު (ފޭސްބުކް)

ޕާކް ހެދުމުގެ މަސައްކަތްތަކުގައި ގާތްގަނޑަކަށް އެ ރަށުގެ ހުރިހާ އުމުރު ފުރައެއްގެ މީހުން ބައިވެރިވުމުންވެސް ފެނިގެންދަނީ ރަށު ރައްޔިތުންގެ މެދުގައި އޮތް ބަދަހި އެކުވެރިކަމުގެ ގުޅުމެވެ. ވަރަށް މުހިންމު ކަމެއް ދީގެން ދެމަސް ދުވަސް ވަންދެން ކުރި ބުރަ މަަސައްކަތުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ.

 

ލަންދޫ ކުޅިދޮށް ޕާކްގައި ވަނީ އެ ޕާކަށް ޒިޔާރަތްކުރާ މީހުންނަށް ތިބެވޭނެ ގޮތަށް ހަޓްތަކާއި، އިށީީންދެވޭނެހެން ބުރު، އަދި އުނދޯލިިގެއެއްވެސް ހަދާފައިއެވެ. ޕާކްގެ ރީތިކަން އެންމެ ބޮަޑަށް ދައްކުވައިދެނީ، ކަނޑޫފަލުގެ އަޑި ހިސާބުތަކުުގައި ހަދާފައިވާ ކުދި ބްރިޖުތަކުންނެވެ.

ފޮޓޯ: ކުޅިދޮށު ޕާކު (ފޭސްބުކް)

ޝައްކެއްވެސް ނެތް ކަމަކީ ލަންދޫ ކުޅިދޮށް ޕާކްގެ ރީތިކަން ފެނުމުން، ލަންދޫ ވެގެންދާނީ ޗުއްޓީތަކުގައި ޒިޔާރަތް ކޮށްލަން ބޭނުންވާ މަންޒިލްތަކުގެ ތެރެއިން ވަރަށް ކުރީބައިން ޖާގަ ހޯދާނެ މަންޒިލަކަށެވެ. މިހާރުވެސް އެތައް ބަޔަކު ލަންދޫ އަށް އެ ޕާކް ބަލައިލުމަށް ދިޔުމަށް ދަތުރު ރާވާނެ ކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ