ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ފިލްމެއް މިމަހު ނެޓްފްލިކްސްގައި ސްޓްރީމު ކުރަން އުޅޭ ކަމުގެ އުފާވެރި ހަބަރު ދީފިއެވެ.
ކާޖޮލް ލީޑު ރޯލު ކުޅޭ ފިލްމު "ޓްރިބަންގާ" މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސް އިން ބެލޭނެއެވެ. ރެނުކާ ޝަހާނޭ ޑައިރެކްޓް ކޮށްފައިވާ އެ ފިލްމުގެ މުހިންމު ރޯލުތަކުން ތަންވީ އަޒްމީ އަދި މިތިލާ ޕަލްކަރު ފެނިގެންދާނެއެވެ.
މުމްބާއީގައި ފިލްމުގެ ޝޫޓިން ނިންމާލިއިރު ޓްރިބަންގާ އަކީ އާއިލާއެއްގެ ތިން ޖެނެރޭޝަނެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. އަށްޑިހައިގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް އެ އާއިލާތެރޭ ދިމާވާ ކަންތައްތައް މި ފިލްމުގެ ޒަރިއްޔާއިން ފެނިގެންދާނެއެވެ.
ބަތަލާ ކާޖޮލް އެންމެ ފަހުން ފެނިގެންދިޔައީ ފިރިމީހާ އަޖޭ ދޭވްގަން އާ ސައިފް އަލީ ޚާން އާއެކު ކުޅުނު ފިލްމު "ތާނާޖީ" އިންނެވެ.



