ކޭއާރުއެޗް އިން އެޕޮއިންޓްމެންޓް ހެއްދުމުގެ އުސޫލަށް ބަދަލު ގެނެސްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޑޮކްޓަރައް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދުމުގެ އުސޫލަށް ބަދަލު ގެންސްފިއެވެ.

މިގޮތުން ކޭއާރުއެޗް އިން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެޕޮއިންޓްމެންޓް ހެއްދުމުގެ އުސޫލަށް ބަދަލު ގެނެސްފައި ވާކަމަށެވެ. އަދި މި ގެނެވުނު ބަދަލާއެކީ ދެ ހަފްތާ ކުރިން ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ.

ކޭއާރުއެޗް އިން އެޕޮއިންޓްމެންޓް ހެއްދުމުގެ ވަގުތަކީ މެންދުރުފަހު 2:00 ން ރޭގަނޑު 08:00 ދެމެދެވެ.

ކޭއާރުއެޗަކީ އުތުރުގެ ގިނަ އަދަދެއްގެ ރައްތަކުގެ ރައްޔިތުން ހިދުމަތް ލިބިގަންނަން އަންނަ އެސަރަހައްދުގައި ހުންނަ މައި ހޮސްޕިޓަލެވެ.

މީގެ ކުރިން އެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓު ހައްދަމުން އަންނަނީ އެއްދުވަސް ކުރިއަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް