ދެ އަތެއް ނެތް، ނަމަވެސް ހުރިހާ މާއްދާއަކުން އޭ ޕްލަސް

އުފަންވި އިރުވެސް ދެ އަތް ނެތް ކެރަލާގެ މަލައްޕޫރަމް ސިޓީއަށް އުފަން ދެވިކާ، އޭނާގެ ކިޔެވި ހުރިހާ މާއްދާއަކުން އޭ ޕްލަސް ހޯދައިފި އެވެ.

ވެލިއްކުނުގެ ޗަންދަން ބްރަދާސް ހަޔަރ ސެކަންޑަރީ ސްކޫލުގައި ކިޔަވަމުން އަންނަ ދެވިކާ އަކީ އުފަންވިއިރު 2 އަތް ނެތް ކުއްޖެކެވެ. އޭނާގެ ގްރޭޑް 10 ގެ ހުރިހާ ޓެސްޓެއް ހެދީ ފައިން ލިޔެގެންނެވެ. އަދި ލިބުނީ ހުރިހާ މާއްދާއަކުން އޭ ޕްލަސްއެވެ.

މަލައްޕޫރަމް ސިޓީގެ ތެންހިޕަލަ ޕޮލިސްޓޭޝަންގައި ޕޮލިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ  އޭނާގެ ބައްޕަ ބުނި ގޮތުގައި ދެވިކާއަކީ އުފަންވީއިރުވެސް އަތް ނެތް ކުއްޖެކެވެ.

ދެވިކާ މަންމަ ސުޖިތާ ބުނިގޮތުގައި ދެވިކާއަށް ފައިން ލިޔަން ދަސްކޮށްދީ އަކުރު އުނގަންނައިދިނީ އޭނާ ކަމާއި، .  އޭނާ ސުކޫލަށް ދިއުމަށް ފަށަންދެން އެކަމުގައި އުޅުނު ކަމަށާއި، އަދި އޭގެ ފަހުން އޭނާ ޓީޗަރުންގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށްވެސް ސުޖިތާ ބުންޏެވެ.

ސުޖިތާ ބުނީ ނަތީޖާ ލިބުމުން އެހުރިހާ ޓީޗަރުންވެސް އޭނާއަށް ޒިޔާރަތް ކުރިކަމަށާއި، ދެވިކާއަށް މިނަތީޖާ ލިބުމުގެ އެއްދުވަސް ކުރިން އެސިޓީގެ ޕޮލިސް ޗީފް ވަނީ އޭނާ ކުރި ހިތްވަރާއި ގަދަ ޢަޒުމަށް މަރުހަބާ ކިޔާފައެވެ. ދެވިކާއަށް މިހިސާބަށް އާދެވުނީ އޭނާގެ ގަދަ ޢަޒުމާއި ވިސްނުމުގެ ތޫނުކަމުން ކަމުގައި ޕޮލިސް ޗީފު ވިދާޅުވިއެވެ.

ހިއުމިނިޓީސްގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދެވިކާއަށް، އިނގިރޭސި، ހިންދީ އަދި މަލަޔާލަމް ބަސް އެނގެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ