ބޮލީވުޑްގެ މަޝްހޫރު 3 ތަރިން ކަމަށްވާ އަޖޭ ދޭވްގަން، ރަކުލް ޕްރީތު ސިންގު އަދި ސިދާތު މަލްހޯތުރާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ތެންކް ގޯޑް" ގެ ޝޫޓިންތައް ފަށައިފިއެވެ.
ޑައިރެކްޓަރު އިންދަރު ކުމާރުގެ ތޭންކް ގޯޑް" ގެ ޝޫޓިން މި މަހުގެ 21 ގައި ފެށުމަށް ފިލްމުގެ ޕްްރޮޑަކްޝަން ޓީމުން ވަނީ ނިންމާފައެވެ. މިއީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ކޮމެޑީއެކެވެ.
ތޭންކް ގޯޑް" އަކީ އަޖޭ އާއި ރަކުލް އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިިލްމެވެ. އެކީގައި "ދޭ ދޭ ޕިޔާރު ދޭ" ކުޅުނު އިރު، އަޖޭ ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ ބަތަލާ އަކީ ވެސް ރަކުލްއެވެ.
"ތެންކް ގޯޑް" ގެ ޑައިރެކްޓަރު އިންދަރު އެންމެ ފަހުން ގެނެސްދިން 2018 ވަނަ އަހަރުގައި "ޓޯޓަލް ދަމާލް" ގެ ކާސްޓްގައި ވެސް އަޖޭ ވަނީ ހިމެނިފައިއެވެ.



