ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރު އެޕާޓްމެންޓެއް ގަނެފިއެވެ.
ދެހާސް އަށާރަ ވަނަ އަހަރު ފިލްމު “ދަޅަކް” އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޖާންވީ މުމްބާއީގެ ޖުހޫގައި ހުރި އަރާޔާ ކިޔާ އިމާރާތަކުން އެޕާޓްމަންޓެއް ގަތީ 39 ކުރޯޑު ރުޕީސްއަށެވެ.
ބޮލީވުޑްގެ ލެޖެންޑްރީ ބަތަލާ ކަމަށްވާ ސްރީ ދޭވީގެ އަންހެން ދަރިފުޅު ޖާންވީ އެ އިމާރާތުގެ 14، 15 އަދި 16 ވަނަ ފަންގިފިލާގެ ފްލެޓްތައް ވަނީ ގަނެފައެވެ.
ޖާންވީގެ ޖުހޫ އެޕާޓްމަންޓު ގަތް ހިސާބުގައި ގިނަ ބޮލީވުޑް ތަރިންގެ ގެތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަން، އަމީތާބް ބައްޗަން، އަނިލް ކަޕޫރު އަދި ރިތިކް ރޯޝަންހިމެނެ އެވެ.
ބަތަލާ ޖާންވީ އެންމެ ފަހުން ފެނިގެންދިޔައީ ނެޓްފްލިކްސް އިން ސްޓްރީމްކުރި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އިންނެވެ. ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި"ދޯސްތާނާ 2"، "ރޫހީ އަފްޒާނާ"، "ތަޚުތު" އަދި "ބޮމްބޭ ގާލް" ހިމެނެ އެވެ.



