19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޛު އިބްރާހީމް ރިޟާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.
މި ބޭފުޅާއަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ, ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއެވެ.
މަޖިލީހުގެ މި ދައުރަށް އިންތިޚާބު ވެވަޑައިގެން 86 މެންބަރުން މެއި މަހުގެ 28 ގައި ހުވާކުރައްވާފައިވާއިރު، އިބްރާހީމް ރިޟާ އެވަގުތު އުމްރާއަކަށް ވަޑައިގެން ހުންނެވުމާއެކު އެދުވަހުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއްނުގަނެއެވެ.
ރިޟާ ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަނެފައިވެއެވެ.

އަލްއުސްތާޛު އިބްރާހީމް ރިޟާ، އަކީ، 2014 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.




