240 މިލިއަން ޑޮލަރުގެ އަގުހުރި ބިޓްކޮއިން ލިބުމުގެ ހުރަހަކަށް ޕާސްވޯޑް

ކުރިޕްޓޯ ކަރަންސީގެ މައުލޫމާތު ލިބިހުރި އެކަކަށްވެސް އޮޅިފައި ނުވާނޭ ފަދައިން ކުރިޕްޓޯ ކަރަންސީ ތަކުގެ ތެރެއިން އެންމެ އަގުހުރި ކަރަންސީއަކީ ބިޓް ކޮއިންއެވެ.

މިއަދުގެ މާކެޓުގައި އެއް ބިޓްކޮއިންގެ އަގު އުޅެނީ 34،000 ޑޮލަރަށެވެ. އަދި މިއަދަދު ދުވަހެއް ދުވަހަކަށް އައްނަނީ އިތުރުވަމުންނެވެ. މިއާއެކު ބިޓްކޮއިންއަށް މީހުންދޭ ސަމާލުކަންވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައެވެ.

ބިޓްކޮއިން 2008 ވަނަ އަހަރު ތާރަފް ވެފައިވާއިރު މި ފަހަކާ ޖެހެންދެން ގިނަ ބަޔަކު މި ކުރިޕްޓޯ ކަރަންސީ އަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. މީގެ ސަބަބުން މީގެ ކުރިން މި ކަރަންސީ ލިބި ނަމަވެސް މިއަދު އެ ބޭނުން ހިފުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ފަރާތްތައްވެސް މަދެއް ނޫނެވެ.

މިގޮތުން ޕްރޮގުރާމަރެއް ކަމަށްވާ ސުޓެފަން ތޯމަސް އަށް 240 މިލިއަން ޑޮލަރުގެ އަގުހުރި ބިޓްކޮއިން ލިބުމުގެ ހުރަހަކަށް މިއަދު ވެފައިވަނީ ޕާސްވޯޑެކެވެ. މީގެ އަހަރުތަކެއް ކުރިން ތޯމަސް ހެދި ވީޑިއޯއަކަށް މީހަކު އަގު ދައްކައިފައިވަނީ ބިޓްކޮއިން އެވެ. މި ބިޓްކޮއިން ޕޭމަންޓުގެ އަގު މިއަދު 240 މިލިއަނަށް އެރިނަމަވެސް އެ ފައިސާ ތޯމަސް އަށް ނުލިބިވަނީ ބިޓްކޮއިންތައް ރައްކާކޮށްފައިވާ އަޔަން ކީ ޑިޖިޓަލް ވޮލެޓުގެ ޕާސްވޯޑު ހަނދާނުގައި ނެތުމުންނެވެ.

ތޯމަސް އާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، ތޯމަސް އެ ވޮލެޓް ރައްކާކޮށްފައިވާ ހާރޑް ޑުރައިވް ގައި ޖެހި ޕާސްވޯޑު ތޯމަސް ނޯޓު ކޮށްފައިވަނީ ގަނޑު ކޮޅެއްގައެވެ. ނަމަވެސް މިއަދު އެ ވީތަނެއް ނޭންގި ޕާސްވޯޑު އިނގޭނެ ގޮތެއް ނެތުމުން ތޯމަސްވަނީ އާމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިހާތަނަށް އެހީތެރިކަން ފޮރުކޮށްދޭނެކަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ފޭސްބުކް ސެކިއުރިޓީ އިސްވެރިއާ އެލެކްސް ސްޓާމޮސް ފާހަގަކޮށްލެވެއެވެ. ސްޓާމޮސްވަނީ 10 އިންސައްތައިގެ ބަޔެއް ލިބޭނެގޮތުން ތޯމަސްއަށް އެހީތެރިވެދޭން ތައްޔާރަށް ހުރިކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ