ރޯޝަނީ ބިލްޑިންގ - ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް ޞަފިއްޔާ މުޙައްމަދު ސަޢީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް، ހ. ފޭވަރ، ޞަފިއްޔާ މުޙައްމަދު ސަޢީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޞަފިއްޔާ މުޙައްމަދު ސަޢީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމުގައެވެ.

ޞަފިއްޔާ މުޙައްމަދު ސަޢީދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމްއިން މާސްޓަރ އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޞަފިއްޔާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ހާސިލުކުރައްވާފައެވެ.

ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ