ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ދިޕިކާ ޕަޑްކޯނު އަދި ރިތިކް ރޯޝަން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު "ފައިޓަރ" އަށް 260 ކަރޯޑް އިންޑިއާ ރުފީސް ހަރަދުކުރާ ކަމަށް އަޑުފެތުރިއްޖެއެވެ.
ސިދާތު އަނަންދު ޕްރޮޑިއުސްކުރާ "ފައިޓަރ" ވެގެންދާނީ ރިތިކް އަދި ދިޕިކާ ސްކްރީނުން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
އެގޮތުން ސިދާތު ދަނީ އެ ފިލްމަށް 250 ކަރޯޑް ރުފީސްގެ ބަޖެޓެއް ހަމަޖެއްސުމުގެ މަަސައްކަތް ކުރަމުންނެވެ. އެ ފިލްމު ވެގެންދާނީ ސިދާތު ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށެވެ.
ރިތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ " ވާ" އިންނެވެ. ދިޕިކާ މިދުވަސްކޮޅު ދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ ދަނީ މެގަރސްޓާ ޝާހްރުހްހާން އާއިއެކީގައިވެސް ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.




