އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމުގެ ފަސްވަނަ އިންޓޭކްގައި ބައިވެރިވުމަށް ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.
އެގޮތުން މިއަދު މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށައެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ28 އާއި ހަމައަށް ހުޅުވާލެވިފައި އޮންނާނެއެވެ. އަދި ފޯމު ހުށައެޅުމުިގެ ސުންގަޑިއަކީ، އެ ދުވަހުގެ 23:59 އާއި ހަމައަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމު އައިޖީއެމްއެޗްގެ ވެބްސައިޓް(www.igmh.gov.mv) ލިބިވަޑައިގަންނަވާނެއެވެ.
އައި.ޖީ.އެމް.އެޗްގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، އެ ފަރާތަކީ މެޑިކަލް ކޮލެޖް/ޔުނިވާރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތް ފަރާތެއް ކަމުގައި ވާން ޖެހޭނެއެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ “ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން” ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތަކަށް ވެސް ވާންޖެހެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައަޅާއިރު، މި ސެޓްފިކެޓްތަކުގެ ކޮޕީއާއި، އައިޑީ ކާޑު ކޮޕީ، ޕާސްޕޯޓު ސައިޒް ފޮޓޯ، އަދި ޕޮލިސް ކްލިއަރެންސް ކޮޕީ އެއް ހުށައަޅަން ޖެހޭނެއެވެ. މި ތަކެތި ހުށައަޅާނީ، މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް [email protected] އަށެވެ.
އައިޖީއެމް އެޗް އިން ވިދާޅުވީ، މި އިންޓާންޝިޕްއަށް ކުދިން ހޮވުމުގައި އިސްކަން ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުން ކަމަށެވެ.
Fifth intake of Medical Internship Program will be starting on 17th March 2021. Applications are opened from 17th January till 28th February. Application forms will be available from our website. pic.twitter.com/vA0DwRtPYn
— IGMH (@igmhmv) January 17, 2021
އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މާޗް މަހުގެ 17 ގައެވެ.



