ރާއްޖޭގެ އިގްތިޞާދު ކުރިއަށް އޮތް ތިންއަހަރުވެސް ދާނީ ދަށަށް - ވޯލްޑް ބޭންކު

ރާއްޖޭގެ އިގްތިޞާދު ކުރިއަށް އޮތް ތިންއަހަރުވެސް ދަށަށް ދާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

ވޯލްޑް ބޭންކުން މިގޮތަށް ލަފާކޮށްފައިވަނީ ކުރިއަށް އޮތް ތިން އަހަރުގައި ރާއްޖޭގައި އިންވެސްޓްމެންޓްތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހު އެވެ.

ވޭތުވެދިޔަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި 6.1 އިންސައްތައިގައި ހުރިއިރު ވޯލްޑް ބޭންކުން ލަފާކުރަނީ ރާއްޖޭގެ އިޤތިޞާދީ ދުވެލި މިއަހަރު ހުންނާނީ 5.7 އިންސައްތައިގައި ކަމަށެވެ. އަދި އަންނަ އަހަރު އިގްތިސާދީ ދުވެލި 5.2 އިންސައްތައަށް އިތުރަށް ވެއްޓޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 2021 ވަނަ އަހަރު އިގްތިސާދީ ދުވެލި 5.3 އިންސައްތައަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން އިތުރަށް ބުނެފައިވަނީ ސައުތު އޭޝީޔާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދުތައް ހިމެނޭ ސަރަހައްދު ކަމަށެވެ.

ސައުތު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު އެންމެ ކުރީގައި އުޅޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ ބަންގްލަދޭޝް އާއި އިންޑިޔާ ގެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޕީޕަލް

    ވޯލްޑް ބޭންކަށްވެސް އެބައިނގޭ ރާއްޖޭގަ ވޯޓެއް ނެތީޔާމު ކަމެއްނުކުރާނެކަން ދުވަހަކުވެސް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ