ސާރކްގެ ޤައުމުތަކުގެ މެދުގައި ކަރަންޓު ވިއްކުމާއި ގުޅޭ މަޝްވަރާ ބައްދަލުވުން ފަށައިފި

ސާރކް ޤައުމުތަކުގެ މެދުގައި، ކަރަންޓު ގަނެވިއްކުމުގެ ބާޒާރެއް އުފައްދައި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ހަތަރުވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

މި ބައްދަލުވުމުގެ ސަބަބުން ހަކަތަ ގަނެއްވިއްކުމުގެ ބާޒާރެއް އެކުލަވާލުމާއި، އެއްގަޢުމު އަނެއް ޤައުމަށް ކަރަންޓު ވިއްކައިގެން މަންފާ ހޯދިދާނެ ގޮތްތަކަކީ ކޮބައިތޯ ދެނެގަނެވިގެންދާނެ އެވެ. އަދި މީގެ ސަބަބުން ކަރަންޓު އުފެއްދުމުގެ ދަތިކަން ހުރި ޤައުމުތަކަށް، ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހުރި ޤައުމުތަކުން އުފައްދާ ކަރަންޓު ގަނެވޭނެއެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވުމަށް ބޭއްވި ޙަފްލާގައި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލްވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ ތެޔޮ ގަތުމަށް ބޮޑު ހޭދައެއް ކުރާ ޤައުމެއްކަމަށެވެ. އަދި ކަރަންޓުގެ އަގުގެ ޝަކުވާއަކީ ވިޔަފާރިވެރިންވެސް ކުރާ ޝަކުވާއެއްކަމަށާއި ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުން ކުރިއަށްދަނީ ހޮޓެލް ޖެންގައެވެ. މި ބައްދަލުވުމުގައި ސާކް ޤައުމުތަކުގެ މަންދޫބުން ބައިވެރިވާއިރު، ރާއްޖޭގެ މަންދޫބުން ހިމެނޭ ގޮތަށް ޖުމުލަ 23 މަންދޫބަކު ބަައިވެރިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް