ޝާހިދްގެ "ޖާރޒީ" ސިނަމާއަށް އަންނާނީ ނޮވެމްބަރު 5 ގައި!

ޝާހިދް ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ޖާރޒީ" ސިނަމާގައި ރިލީޒްކުރާ ތާރީޙް އިއުލާންކޮށްފިއެވެ.

މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ ނޮވެމްބަރު 5 ގައި ކަން އިއުލާންކޮށްފައިވަނީ، ޝާހިދު އޭނަގެ އިންސްޓަގްރަމްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

މިފިލްމަކީ ”ޖާރޒީ“ގެ ނަމުގައި ނެރުނު ސައުތު އިންޑިއަން ފިލްމްގެ ހިންދީ ރީމޭކެކެވެ.

މި ފިލްމްގައި ކިޔައިދޭނީ، ހުނަރުވެރި އެހެން ނަމަވެސް ފެއިލްވެފައިވާ ކްރިކެޓް ކުޅުންތެރިއެއްގެ ދިރިއުޅުގެ ވާހަކައެވެ. އެގޮތުން މި ފިލްމްގައި ޝާހިދު ފެނިގެންދާނީ އަރުޖުން ނަމަކަށް ކިޔާ ކްރިކެޓް ކުޅުތެރިޔެއްގެ ރޯލުންނެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ، ގޯތަމް ތިނާރީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ