ކަންގްނާގެ "ދާކަޑް" ރިލީޒްކުރާ ދުވަސް މިއޮތީ!

ބޮލީވުޑްގެ ނުފޫޒުގަދަ އަންހެން ތަރި، ކަންގްނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާނެ އެކްޝަން ތްރިލާ ފިލްމް، "ދާކަޑް" ރިލީޒްކުރާ ތާރީޙް އިއުލާންކޮށްފިއެވެ.

މި ފިލްމް ރިލީޒްކުރަން ތާވަލް ކޮށްފައި އޮތީ މިއަހަރުގެ އޮކްޓޯބަރު 1 ގައެވެ. ފިލްމްގެ ޕޯސްޓަރަކާއެކު މި ފިލްމް ރިލީޒްކުރާ ތާރީޙް އިއުލާންކުރީ ކަންގްނާގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައެވެ.

މިއީ ބޮލީޑްގެ އެކްޝަން ތްރިލާ ފިލްމެއްގައި އަންހެން ތަރިއަކު ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މި ފިލްމްގައި ކަންގްނާގެ ކެރެކްޓަރގެ ނަމަކީ "އޭގެން އަގްނީ"އެވެ.

މި ފިލްމުގެ އިތުރު ރޯލުތަކުން އެކްޓަރު އަރްޖުން ރާމްޕަލް އާއި ދިވްޔާ ދައްޓާ ވެސް ފެނިގެންދާނެއެވެ.

މި ފިލްމްގެ އިތުރުން ކަންގްނާ މިވަގުތު އަންނަނީ އިތުރު ޕްރޮޖެކްޓް ތަކުގައިވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަންގްނާ ދެން އެންމެ އަވަހަށް ރިލީޒްކުރާނެ ފިލްމަކީ "ތަލައިވީ" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ