ކ. ތުލުސްދޫ

ތުލުސްދޫން އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ޙަބަރާއެކު އާއިލީ ބޮޑު ކޯޅުމަކަށް!

ކ. ތުލުސްދޫ ފާތިމަތު އުލްފާ ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން އުޅޭކަމަށް ބުނެ "ސިމް ބާ" ކިޔާ ފޭސްބުކް އައިޑީ އަކުން މިއަދު ވަނީ ޕޯސްޓެއްކޮށްފައެވެ. މީގެ ދިހަ ގަޑިއިރު ކުރިން އޭނާ ކޮށްފައިވާ މި ޕޯސްޓުގައި ބުނެފައިވަނީ، މިއަދު ހެނދުއްސުރެ އުލްފާ ގެއްލިގެން އޭނަގެ އާއިލާ މީހުން ހޯދަމުންދާކަމަށެވެ. އަދި ޕޮލިހަށްވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ގުޅުމަށް މި ޕޯސްޓުގައި އެ އަންހެންކުއްޖާގެ މަންމަ އާއި ބައްޕަގެ ފޯނު ނަންބަރުވެސް ހިމަނާފައިވެއެވެ.

މި ޕޯސްޓާއެކު މީޑިއާގައި މި މައުލޫމާތު ހިއްސާކޮށްފައިވާއިރު، ގެއްލުނު ކަމަށް ބުނާ އަންހެން ކުއްޖާގެ މަންމަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އޭނާގެ ދަރިފުޅު ވަނީ ބްލެކްމެއިލް ކޮށްގެން ދަރިފުޅުގެ ލޯބިވެރިޔާ ގެންގޮސްފައި ކަމަށެވެ.

ނަމަވެސް މި މައުލޫމާތާއެކު، "ގެއްލިގެން އުޅޭ" އަންހެން ކުއްޖާ ވަނީ މި މައުލޫމާތު ދޮގުކޮށް މީސްމީޑިއާގައި ޕޯސްޓެއްކޮށްފައެވެ. އެގޮތުން "ފާތުން" ނަމަކަށް ކިޔާ ފޭސްބުކް އައިޑީއަކުން ބުނެފައިވަނީ، އޭނާ ގެއްލިގެން އުޅޭކަމަށް ބުނެ މީސްމީޑިއާގައި އޭނަގެ ބޭބެ(ސިމް ބާ)ގެ ފޭސްބުކް އައިޑީ އިން ފަތުރަމުންދާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަމަށެވެ.

"އަޅުގަނޑު ބްލެކް މެއިލް ކުރަމުން ދަނީ އޭނައާއި ފެމިލީ މީހުން. އަޅުގަނޑު މިހުރީ ހެޔޮ ހާލުގައި އިރާދަކުރެއްވިއްޔާ." "ގެއްލިގެން އުޅޭ" ކުއްޖާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ އަންހެން ކުއްޖާގެ މަންމަ "ވަން އޮންލައިން" ނަމަކަށް ކިޔާ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނަގެ ދަރިފުޅު ބްލެކްމެއިލް ކޮށްގެން އޭނާ ގެންދާކަމަށާއި، އެހެންވެ އެ މައްސަލަ ކުރިންވެސް ފުލުހަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ފުލުހުން އަންގަނީ 18 އަހަރު ފުރިފައި ހުރި ކުއްޖެއްކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް ކަމަށެވެ.

ނަމަވެސް "ގެއްލިގެން އުޅޭ" އަންހެން ކުއްޖާ މި މައުލޫމާތު ދޮގުކޮށް "ވަން އޮންލައިން" ނޫހުގައި ޙަބަރު ޖަހާފައިވަނީ މުޅިން އޮޅުވާލައިގެން އޭނަގެ އަބުރު ކަތިލުމަށްކަމަށް ބުނެފައިވެއެވެ. އަދި އެ މައްސަލަ ޕޮލިހަށް ހުށަހަޅާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުބީ، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރަމުން ދާކަމަށެވެ.

މިލިޔުން ކިޔާލުމުން
31124
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ