ކަންގްނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާނެ އެކްޝަން ތްރިލާ ފިލްމް، "ދާކަޑް"ގެ އާ ޕޯސްޓަރެއް ދައްކާލައިފިއެވެ.
މި ފިލްމްގައި ކަންގްނާގެ ފެނިލުން ފެންނަ ޕޯސްޓަރާއެކު، ފިލްމް ރިލީޒްކުރާ ތާރީޙް އިއުލާންކުރީ ދާދިފަހަކުންނެވެ. އެގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 1 ގައެވެ.
އެއާއެކު، މި ފިލްމްގައި ފެނިގެންދާ އެކްޓަރު އަރްޖުން ރަމްޕާލްގެ ކެރެކްޓަރ ފެނިގެންދާ އާ ޕޯސްޓަރެއް މި ވަނީ ދައްކާލައިފައެވެ.
އަރްޖުން މި ފިލްމްގައި ކުޅެނީ ކަންގްނާގެ ދުޝަމަނުގެ ރޯލެވެ. އެގޮތުން އަރުޖުންގެ ކެރެކްޓަރ އަށް ކިޔާ ނަމަކީ، "ރަދްރަވީރް" އެވެ.
މިއީ ބޮލީޑްގެ އެކްޝަން ތްރިލާ ފިލްމެއްގައި އަންހެން ތަރިއަކު ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މި ފިލްމްގައި ކަންގްނާގެ ކެރެކްޓަރގެ ނަމަކީ "އޭޖެންޓް އަގްނީ"އެވެ.



