މިހާރު ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ޒުވާން އެކްޓްރެސް ޖާންވީ ކަޕޫރުގެ ދައްތަ ހުޝީ ކަޕޫރުވެސް ބޮލީވުޑަށް ނުކުތުމަށް ރެޑީ ވަމުން އަންނަ ކަމަށް ބޮލީވުޑްގެ ޙަބަރުތައް ބުނެފިއެވެ.
ޖާންވީ އާއި ހުޝީ އަކީ ކުރީގެ މަޝްހޫރު އެކްޓްރެސް ސްރިދޭވީގެ ދެ އަންހެން ދަރިންނެވެ. ސްރިދޭވީ ވަނީ 2018 ވަނަ އަހަރު ކުއްލި ގޮތަކަށް މަރުވެފައެވެ.
ޖާންވީ އަދި ހުޝީ ގެ ބައްޕަ، ބޯނީ ކަޕޫރު ބޮމްބޭ ޓައިމްސް އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، އޭނާގެ ދަރިފުޅު ހުޝީ ބޮލީވުޑަށް ލޯންޗުކުރާނީ އޭނާ ނޫންކަމަށާއި ނަމަވެސް އެހެން ފަރާތެއް ކަމަށެވެ. އެގޮތުން އެމީހަކީ އޭނާ އިތުބާރުކުރާ، އިހްތިރާމް ކުރާ މީހެއްކަމަށް ބޯނީ ބުނެފައިވެއެވެ.
ހުޝީ ވަނީ ދާދަފަހަކުން އެކްޓިންގެ ހުނަރު ދަސްކުރުމަށް އެމެރިކާގެ ގޮސްފައެވެ. އަދި ނިއު ޔޯކްގެ ފިލްމް އެކަޑެމީގައިވެސް ހުޝީ ވަނީ ބައިވެރިވެފައެވެ.
ހުޝީ ބޮލީވުޑަށް ނުކުންނަށް ތައްޔާރުވަމުން އަންނައިރު، ހުޝީގެ ކޮއްކޮ ޖަންވީ އަންނަނީ ބޮލީވުޑްގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޭނާގެ ގިނަ ފިލްމްތަކެއްގެ މަސައްކަތް ކުރިއަށް ރޭވުފައި އެބައޮތެވެ.
ޖާންވީ ބޮލީވުޑް އަށް ނުކުތީ، 2018 ވަނަ އަހަރު ނުކުތް ފިލްމް "ދަޅަކް" އިންނެވެ.



