ޖަސްޓިން ޓިމްބަރލޭކް އަށް ދެވަނަ ދަރިއަކު ލިބިއްޖެ!

މަޝްހޫރު ސެލެބްރިޓީ ކަޕުލް ކަމުގައިވާ ޖަސްޓިން ޓިމްބަރލޭކް އާއި ޖެސިކާ ޖެސިކާ ބިއެލް އަށް ދެވަނަ ފިރިހެން ދަރިއަކު ލިބިއްޖެއެވެ.

އެކްޓަރ އަދި ލަވަކިޔުންތެރިޔާ ޖަސްޓިން ޓިމްބަރލޭކް ހާމަކުރޮގޮތުގައި އޭނަގެ އަންހެން ޖެސިކާ ދެވަނަ ފިރިހެން ދަރިއަކު ވިހީ މިދިޔަ އަހަރުއެވެ.

މި ދެމަފިރިންގެ ދެވަނަ ފިރިހެން ދަރިފުޅަށް ކިޔާފައިވާ ނަމަކީ، ފިނީސް އެވެ. މި ދެމީހުންގެ އަލަތު ފިރިހެން ދަރިފުޅު އުފަންވީ 2015 ވަނަ އަހރުއެވެ. އެ ދަރިފުޅަށް ދީފައިވާ ނަމަކީ، ސައިލަސް އެވެ.

މި ދެމަފިރިންގެ ދެވަނަ ދަރިއަކު މި ލިބުނީ، ދެމީހުންގެ ކައިވެނީގެ ގުޅުމަށް ބުރޫއަރާފައިވަނިކޮށް އޭގެ އެއް އަހަރު ފަހުންނެވެ.

މި ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭ ކަމަށް ބުނެ އަޑުފެތުރުނީ، އޭރު ޖަސްޓިން އާއި އޭނަގެ އަންހެން ކޯ ސްޓާ އަކު އެކުގައި ފެންނަ ގާތް ފޮޓޯއެއް ފެތުރުމާއި ގުޅިގެންނެވެ.

ޖަސްޓިން ފަހުން ވަނީ އަންހެނުންގެ ކިބައިން މިކަމަށް މައާފަށް އެދި އިންސްޓަގްރަމްގައި ޕޯސްޓެއްވެސް ކޮށްފައެވެ. އެގޮތުން އޭނަގެ އަންހެން ކޯ ސްޓާ އާއި އޭނަ އާއި ދެމެދު އެއްވެސް ނުރަނގަޅު ގުޅުމެއް ނެތް ކަމަށް ޖަސްޓިން ބުންޏެވެ. އަދި އެ ދުވަހު އާ ހުރީ މަސްތުގެ ހާލުގައި ކަމަށް ޖަސްޓިން އެއްބަސްވެފައިވެއެވެ.

ޖަސްޓިން ޓިމްބަރލޭކް ދެން އެންމެ އަވަހަށް ފެނިގެންދާނީ، "ޕާމާރ" ނަމަކަށް ކިޔާ ފިލްމަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ