ސްވިމިން ޓްރެކުގެ އާ ޕްލެޓްފޯމް އާންމުންނަށް ހުޅުވާލައިފި

މާލޭ އިރު ދެކުނު ފަރާތުގައި ޤާއިމުކޮށްފައިވާ ސްވިމިން ޓްރެކުގެ އާ ޕްލެޓްފޯމްގައި ހިމެނޭ ސިޑިބަރި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ .

ސްވިމިންގ ޓްރެކް ސަރަހައްދުގައި ތަރައްގީކުރި ސިޑިބަރިއާއި ފާހަނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދަނީ މާޒިޔާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެންނެވެ.

މި މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 20 ގައެވެ. ޖުމްލަ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އޭރު ހަވާލުކުރި ނަމަވެސް އީއައިއޭ ދިރާސާތަކެއް ކުރަން ޖެހުމާއި ގުޅިގެން މަސައްކަތްތައް މަޑުޖެހުނެވެ. އެއާއެކު ކަނޑައެޅި މުއްދަތަށް މަސައްކަތް ނިންމޭގޮތެއް ނުވިއެވެ.

ނަމަވެސް އެ ހުއްދަ ލިބުމާއެކު އެ މަސައްކަތް ބާރަށް ފެށިއެވެ. މިހާތަނަށް ނިމިފައިވާ މަސައްކަތްތަކުގެ ތެރެއިން ތަނުގެ ސިޑިބަރި މި ވަނީ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައެވެ.

ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިމިންގ ޓްރެކުގައި އާންމުންނަށް ބޭނުންކުރެވޭނެ ސިޑިބަރިއެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެއް ކަމަށާއި، މިހާރު އެ މަސައްކަތް ނިންމައި ސިޑިބަރި އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ޒުވާނުންގެ މެދުގައި މަގުބޫލު ކަމެއް ކަމަށްވާ ޑައިވް ކުރާނެ ޕްލެޓްފޯމެއްވެސް އެ ތަނުގައި ހެދުމުގެ މަސައްކަތް ނިމުނުހާ އަވަހަށް އެތަންވެސް އާންމުންނަށް ހުޅުވާލާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ