''ޓައިގާ 3'' ގެ ޝޫޓިން މާޗްގައި ފަށަނީ

"ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޮލީވުޑްގެ މެގަސްޓާ ސަލްމާން ހާން އަދި މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް ލީޑްރޯލުން ފެނިގެންދާ، ޓައިގާ 3" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްގެން ގެނެސްދޭ އެކްޝަން ތުރިލާގެ ތިން ވަނަ ބައެވެ.

ޓައިގާ 3 ޑައިރެކްޓް ކުރަނީ، ވައިއާރްއެފަށް "ފޭން" އާއި "ބޭންޑް ބާޖާ ބާރާތު" ގެނެސްދިން މަނީޝް ޝަރުމާއެވެ.

އެގޮތުން މާޗްގައި ޝޫޓިން ފެށުމަށް ފަހު، މުޅި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލަން ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޓައިގާ 3" ސްކްރީނަށް އަންނާނެ ކަމަށް ބެލެވެނީ 2022 ގައެވެ.

ސަލްމާނާއި ކެޓްރީނާގެ ޖޯޑު އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2019 ގައި އަލީ ގެނެސްދިން "ބާރަތު" އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ