އެމެރިކާގެ ނިއުޔޯކު ސިޓީގެ އިމާރާތެއްގައި ހެލިކޮޕްޓަރެއްޖެހި އެ ހެލިކޮޕްޓަރުގެ ޕައިލެޓް މަރުވެއްޖެއެވެ.
ކަމާބެހޭ އިދާރާތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ނޭންގުނު ނަމަވެސް ބެލެވޭ ގޮތުގައި މިހާދިސާ ހިނގައިފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ހާދިސާ ހިނގިއިރު ހެލިކޮޕްޓަރުގައި ހުރީ ޕައިލެޓް އެކަންޏެވެ.

ހާދިސާ ހިނގުމާއެކު ހެލިކޮޕްޓަރު ޖެހުނު އިމާރާތުގައި ތިބި އެންމެން ވަނީ ހުސްކޮށްފައެވެ. އިމާރާތުގައި ހެލިކޮޕްޓަރު ޖެހުމާއެކު އިމާރާތުގެ މަތީގައި އަލިފާން ރޯވެފައި ވެއެވެ. ނަމަވެސް އިތުރު ގެއްލުން ތަކެއް ނުވަނީސް މި އަލިފާންގަނޑުވަނީ ނިއްވާލައިފައެވެ.
ހެލިކޮޕްޓަރު ޖެހުނު އިމާރާތަކީ 50 ބުރީގެ އުސް އިމާރާތެކެވެ. ކަމާބެހޭ ފަރާތްތަކުން މިމައްސަލަ މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.



