ކެޓްރީނާގެ ކޮއްކޮ އީޒަބެލްވެސް ބޮލީވުޑަށް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ވެސް ބޮލީވުޑަށް ނުކުތުމުން ތައްޔާރުވެއްޖެއެވެ.

އެގޮތުން އީޒަބެލް ވަނީ "ސަސްވަގަތަމް ޚުޝާމަދީދް ގެ ލީޑްރޯލު ކުޅުމަށް ސޮއިކޮށްފައެވެ. އެ ފިލްމުގައި އީޒަބެލް އާއިއެކު ލީޑްރޯލުން ފެނިގެން ދާނީ ފުކްރޭ" އާއި "ސަނަމް ރޭ" ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު ޕުލްކިޓް ސަމްރާޓްއެވެ.

ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ސަސްވަގަތަމް ޚުޝާމަދީދް" ޝޫޓިންތައްވެސް ދަނީ ފަށައިގެން ކުރިއަށެވެ.

"ސަސްވަގަތަމް ޚުޝާމަދީދް" ގައި އީޒަބެލް ކުޅެނީ އާގްރާ އަށް ނިސްބަތްވާ ނޫރު ކިޔާ ކުއްޖެއްގެ ރޯލެވެ. ޕުލްކިތަކީ ދިއްލީ އަށް ނިސްބަތްވާ އަމަންއެވެ.

އެ ފިލްމުގެ އިތުރުން، އީޒަބެލް ދަނީ، ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރުމާގެ "ކްވާތާ" ގައިވެސް މަސައްކަތްކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ