ބޮލީވުޑްގެ މަޝްހޫރު އަދި ޒުވާން ބަތަލު ވަރުން ދަވަން އަދި އޭނާ ގެ ލޯބިވެރިޔާ ނަތާޝާ ދަލާލް މަދާމާ ކައިވެނި ކުރަން ހަމަޖެހިފައިވާއިރު، އެދެމީހުންގެ ކައިވެނީ ރަސްމިއްޔާތުތައް ފަށައިފިއެވެ.
އަލީބާގްގައި ހުރި ފަސް ތަރީގެ ހޮޓަލަށް ވަރުން އަދި ނަތާޝާގެ އާއިލާ މީހުންނާއި އެކުވެރިން ޖަމާވެފައިވާއިރު ކައިވެނީގެ ބައެއް ރަސްމިއްޔާތުތައް މިހާރު ފެށިގެން ކުރިޔަށް އެބަދެއެވެ.
އެގޮތުން ވަރުން އަދި ނަތާޝާގެ ކައިވެންޏަށް އިންޑިއާގެ އަލީބާގަށް ވަރުންގެ އަދި ނަތާޝާގެ އާއިލާ މީހުން ދާންވެގެން އެއާޕޯޓްގައި ތިއްބައި ޕަޕަރާޒީން ވަނީ ފޮޓޯ ނަގާފައެވެ. ނުރައްކާތެރި ކޮވިޑް 19 ވައިރަސް އަދިވެސް ވަރަށް ބާރުމިނުގައި އިންޑިއާގައި ފެތުރެމުންދާތީ ކައިވެންޏަށް ދައުވަތު ދީފައިވަނީ ވަރަށް ގާތް ރައްޓެހިންނަށާއި އާއިލާ މީހުންނަށެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރުންގެ ކައިވެނީ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި މެގަރ ސްޓާ ޝާހްރުހްޚާން ވެސް ބައިވެރިވާނެއެވެ.
ކައިވެންޏަށްފަހު ވަރުން އާއި ނަތާޝާ ހަނީމޫނަށް ދާން ހަމެޖެހިފައިވަނީ ތުރުކީ އަށެވެ.




