ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ބައެއް ތަކެތި ނޫމަރާ އަށް ބާލަނީ - ފޮޓޯ: ވަގުތު

ނޫމަރާ ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފި

ނޫމަރާ ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފިއެވެ.

ނޫމަރާއަށް ގެންދިޔަ ސާމާނުގެ ތެރޭގައި ހިލަ، ހިލަވެލި، ސިމެންތި ފިޔަވާ ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ އެހެން ހުރިހާ އެއްޗެއް ހިމެނެއެވެ.

ނޫމަރާގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑެކެވެ. އަދި މިދަނޑު އެޅުމަށް ބޭނުންވާ ބިން އަދި ސާފު ނުކުރެވި އޮތްއިރު، އެކަން ކުރުމަށް ޚަރަދުވާނެ ފައިސާގެ ތަފްޞީލް މިހާރު މިނިސްޓްރީ އަށް ފޮނުވާފައިވާނެކަމަށް ނޫމަރާ ކައުންސިލްގެ ރައީސް، ޙަސަން ޢަބްދުﷲ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

ޙަސަން ޢަބްދުﷲ އިތުރަށް ވިދާޅުވީ މިފުޓްސަލް ދަނޑު އެޅުމަށް ގާތްގަނޑަކަށް އެއްލައްކަ ސާޅީސް ހާސް ރުފިޔާ ޚަރަދުވާނެކަމަށާއި، ކޮންމެ ރަށެއްގައިވެސް ފުޓުސަލް ދަނޑުތައް އަޅާފައި ހުރީ ސަރުކާރުން ހުރިހާ ޚަރަދެއް ކޮށްގެން ކަމަށްވެފައި، އެރަށު ރައްޔިތުންގެ މާލިއްޔާއިން އެކަމަށް ޚަރަދު ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ޗައިނާ ސަރުކަރުގެ ހިލޭ އެހީގެ ދަށުން 21 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށްވަނީ އިޢުލާން ކޮށްފައެވެ.

ޗައިނާގެ ކުންފުންޏަކުން އަމަލީ މަސައްކަތް ކުރާ ދަނޑުތައް އިމާރާތް ކުރަން ހަމަޖެހިފައިވާ ރަށްތަކަކީ، ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ ، ށ. ނޫމަރާ، ނ. ހެނބަދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމް، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، ވ. ތިނަދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ދ. ރިނބިދޫ، ތ. ބުރުނި، ތ. ވަންދޫ އަދި ލ. މުންޑޫގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް