"މަނިކަރްނިކާ 2" އަށް ޑައިރެކްޓަރެއް ހޯދަނީ!

ކަންގްނާ ރަނައުތު ލީޑު ރޯލުން ފެނިގެންދިޔަ އަދި އޭނާ ޑައިރެކްޓް ކުރި ފިލްމް "މަނިކަރްނިކާ" ގެ ދެވަނަ ބަޔަށް އާ ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތް އޭނާ ފަށައިފިއެވެ،

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ކަންގްނާ ބުނީ، އޭނާއަށް ވުރެ ރަނގަޅު މީހަކު އެ މަގާމަށް ލިބެންދެން އޭނާ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ.

ނަމަވެސް އެކްޓްކުރުމާއެކު ޑައިރެކްޓަރެއްގެ ޒިންމާ ނެގުމަކީ ވަރަށް ބުރަ މަސައްކަތެއްކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އޭނައަށްވުރެ ރަނގަޅު ޑައިރެކްޓަރަކު ހޯދުމަށް މަސައްކަތް ކުރާ ކަމަށް ކަންގްނާ ބުންޏެވެ.

2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އަކީ އިންޑިއާގެ ވަރުގަދަ އަންހެން ހަނގުރާމަވެރިއެއް ކަމަށްވާ ޖާންސީގެ ރާނީ ލަކްޝަމީބާއީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމްގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ "މަނިކަރްނިކާ: ދަ ލެޖެންޑް އޮފް ޑިއްޑާ" އެވެ.

ކަންގްނާ ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތްތާގައި "މަނިކަރްނިކާ" އަކީ ވަރުގަދަ އަންހެން ހަނގުރާމަވެރިންގެ ވާހަކަތައް ކިޔައިދޭނެ ފްރެންޗައިޒް އެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ