މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ޙާއްސަ އޮޕަރޭޝަނެއްގައި 32 ބްލެޓް މަސްތުވާތަކެއްޗާއެކު ހުޅުމާލޭން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި ޙާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އހަރުގެ ފިރިހެނެއްކަމަށެވެ.
ރޭ މެންދަމު 01:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހުޅުމާލޭގައި މިމީހާ ދިރިއުޅޭ ފްލެޓް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 32 ބުލެޓް ފެނިފައިވާ ކަަމަށް ވެސް ފުލުހުން ވިދާޅުވިއެވެ،
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާއިރު، ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.




