"ޕިޗް ޕާރފެކް" އިން ވިދާލި އެކްޓްރެސް ރެބެލް ވިލސަން އޭނަގެ ލޯބިވެރިޔާ ޖޭކޮބް ބުޝްޗް އާއި ރުޅިވެއްޖެއެވެ.
ރެބެލް ވިލްސަން މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، އޭނާ ވަނީ މިކަން ދޭހަވާފަދަ ގޮތަކަށް އިންސްޓަގްރަމްގައި ވަޏީ ޕޯސްޓެއް ކޮށްފައެވެ. އެގޮތުން އޭނަގެ ފޮޓޯއެއް ޕޯސްޓުކުރުމަށްފަހު، ކެޕްޝަންގައި "ސިންގަލް ގާލް" މިހެން ޖަހާފައިވެއެވެ.
ރެބެލް އާއި ވަރަށް ގާތް ފަރާތަކުން މި ޙަބަރު ވަނީ ބޭރުގެ "ޕޭޖް ސިކްސް" ނޫހަށް ކަށަވަރުކޮށްދީފައެވެ.
40، އަހަރުގެ އެކްޓްރެސް ރިބެލް އޭނަގެ ލޯބިވެރިޔާ އާއި ވަކިވެފައި މިވަނީ، ދެމީހުން ރައްޓެހި ވެގެން އުޅޭކަން ހާމަކުރިތާ ހަތަރުމަސް ފަހުންނެވެ.
މި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ކްރިސްމަސްގައެވެ. އެއީ ދެމީހުންގެ ގުޅުން ކަށަވަރުކޮށްދިންތާ ތިން މަސްފަހެވެ. ދެމީހުން ޑޭޓް ކުރާކަން ހާމަކުރީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.
މި ދެމީހުންގެ ގުޅުން އެނގިގެން ދިޔައިރު، އެ ދުވަސްވަރު ދެމީހުންވެސް އައީ ބަރުދަން ލުއިކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. އަދި ރެބެލް ވަރަށް ފަހުން ހާމަކުރިގޮތުގައި، އޭނާގެ ބަރުދަން ލުއި ކުރުމުގެ ގޯލް އާއި ހިސާބަށް އޭނައަށް ވަނީ ހާސިލުވެފައެވެ.



