ނޫސްވެރިޔާ ޕްރަޝަންތު ކަނޯޖިއާ

ނޫސްވެރިޔާ ޕްރަޝަންތު ކަނޯޖިއާ ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އިންޑިއާގެ ފްރީލޭންސް ނޫސްވެރިޔާ ޕްރަޝަންތު ކަނޯޖިއާ ދޫކޮށްލަން އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ޕްރަޝަންތު ކަނޯޖިއާ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތާ ބެހޭ ގޮތުން ކުރި ޓުވީޓަކާ ގުޅިގެންނެވެ. މި ޓުވީޓުގައި ފެންނަނީ އަދިތުޔާނަތުއާ ގާތް ގުޅުމެއް އޮތް ކަމަށް ބުނާ އަންހެނަކު މީޑިއާއާ ވާހަކަ ދައްކާ މަންޒަރެވެ. އެވީޑިއޯގައި އަންހެން މީހާ ވަނީ ޗީފް މިނިސްޓަރު ގާތުގައި އޭނާއާ ކައިވެނި ކުރަން އެދިފައިވާ ކަމަށް ބުނެފަ އެވެ.

އަދިތުޔާނަތާ އާއި ގުޅޭ ގޮތުން ވާހަކަދެއްކި ފަސްމީހަކު ފާއިތުވެދިޔަ ދެދުވަހުގެ ތެރޭގައިވަނީ ހައްޔަރު ކޮށްފައެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، ޓުވީޓާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް ގައުމުގެ ރައްޔިތެއްގެ މިނިވަންކަމަށް އަރައިގަނެ ހައްޔަރު ކުރެވޭފަދަ އަމަލެއް ކަމުގައި މިކަން ނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ