ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް - ފޮޓޯ: އަވަސް

ޝިދާތާގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް

ކުރީގެ ޖެންޑަރ މިނިސްޓަރ، ޝިދާތާ ޝަރީފް، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހިމެނޭހެން ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސަށާއި އެހެން ލީޑަރުންނަށް ޝިދާތާ ފާޑު ވިދާޅުވެފައިވަނީ ޖެންޑަރ މިނިސްޓަރ ކަމުން އެކަމަނާ އިސްތިއުފާ ދެއްވިތާ އަހަރެއް ފުރުމާ ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި ޝިދާތާ ވިދާޅުވީ މިއަދު އޭނާ ބާކީކޮށްލުމަށްފަހު މަގުމަތިކޮށްފައި ބެހެއްޓުމަކީ ރައީސް ސޯލިހުވެސް ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަން ޖެހޭ ކަމެއްކަމުގައެވެ. އެހެންނަމަވެސް، ސިޔާސީ ދާއިރާއިން ފަހަތަށް ޖެހިވަޑައިގަތުމުގެ  އެއްވެސް ވިސްނުންފުޅެއް ނެތްކަމުގަޔާއި، އަދިވެސް ކުރިއަށް ވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޝިދާތާ ވިދާޅުވީ އަދުގެ ސަރުކާރު ގެނައުމަށް އޭނާ މަސައްކަތް ކުރެއްވީ އަނިޔާވެރިކަން ނިންމާ އިންސާފު ގާއިމުކުރުމަށްޓަކައިކަމުގައެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ފަރާތުން އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެކަމަނާއަށްކަމަށްވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ޙައްޤުގައިވެސް އޭނާ ވަކާލާތު ކުރެއްވިކަމަށްވެސް ޕޯސްޓުގައި ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަރ މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ގިނަ ބަޔަކު އޭނާގެ އިސްތިއުފާއަށް ގޮވާލަމުން ދަނިކޮށެވެ.

މިލިޔުން ކިޔާލުމުން
52142
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރޯނު އެދުރު

    ކަމަނާއަށް ވެސް ދަވާލާނެ އެތިކޮޅެއް ނުލިބުނީ ތާ ދޯ!؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ