ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައިފި

ގދ ކާޑެއްދޫ އެއާޕޯޓުގައި ބޭނުންކުރަމުންދާ އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ވިދާޅުވީ، އެއަރޕޯޓުގެ އޮޕަރޭޝަން މެދުކަނޑާލީ ކާޑެއްދޫ އެއަރޕޯޓުގެ ފަޔަރ ޓްރަކުގެ ވޯޓަރ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށެވެ. އަދި މިކަމުގެ ސަބަބުން ޝެޑިއުލްކޮށްފައިވާ އެއްވެސް ފްލައިޓެއް ކެންސަލްކޮށްފައިނުވާކަމަށެވެ.

ކާޑެއްދޫއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތައް މިހާރު އޮޕަރޭޓް ކުރަމުންދަނީ ގއ. ކޫއްޑޫ އަށެވެ.

ފަޔަރ ޓްރަކަށް ދިމާވި މައްސަލަ ހައްލުކޮށް ދެ ގަޑިއެއްހާ އިރު ތެރޭގައި އަލުން އޮޕަރޭޝަންތައް ފެށިގެން ދާނެ ކަމަށްވެސް ސާމީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ