ދިއްދޫގައި އިމިގްރޭޝަނުގެ އޮފީހެއް ހުޅުވައިފި

ހއ. ދިއްދޫގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހެއް މިއަދު ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވައި ދެއްވީ ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ވަހީދާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަލްފާޟިލް މުޙައްމަދު އަޙުމަދު ޙުސެއިން އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭގޮތުގައި ދިއްދޫގައި ހުޅުވި އޮފީހުން މިހަފްތާގެ ބުދަދުވަހުން ފެށިގެން ޕާސްޕޯރޓް ދޫކުރުން ކުރިއަށްދާނެ އެވެ. އަދި ޕާސްޕޯރޓަށް އެދި އީމެއިލްގެ ޒަރިއްޔާއިންވެސް ފޯމް ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ދިއްދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް މިއަދު ފެށިއިރު، މިއީ މާލެ ފިޔަވައި މި ހިދުމަތް ދޭން ފެށުނު ހަތަރުވަނަ އިމިގްރޭޝަންގެ އޮފީސްކަންވެސް އެފަރާތުން ފާހަގަ ކުރެއެވެ.

ދިއްދޫ އިމިގްރޭޝަން އޮފީސް ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި އެރަށުން ދޫކުރި އެންމެ ފުރަތަމަ ޕާސްޕޯޓު ހަވާލު ކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު އަޙުމަދު ޙުސެއިން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ