ލޯޔަލްޓީ އައިލެންޑް ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ސްމަޓްރާއަށް ބާރުގަދަ ބިންހެލުމެއް އައިތާ ގިނަ އިރުތަކެއް ނުވެ، އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އަތުވެފައިވަނީ މިއަދު އިރުއޮއްސި 06:20 ހާއިރު ލޯޔަލްޓީ އައިލެންޑްސްގެ އިރު ދެކުނަށެވެ.
ކަނޑުގެ10 ކިލޯމީޓަރު އަޑިން މި ބިންހެލުން އަތުވެފައިވަނީ ރެކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
— Maldives Meteorology (@MetMaldives) February 10, 2021
ރާއްޖެއާއި 10،990 ކިލޯމީޓަރު ދުރަށް އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރު ކުރާނެކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވިއެވެ.
ލޯޔަލްޓީ އައިލެންޑްސްގެ އިރު ދެކުނަށް ބާރުގަދަ ބިންހެލުމެއް އައިިއިރު، މިއަދު ހަވީރު 05:52 ހާއިރު އިންޑޮނޭޝިއާގެ ސްމަޓްރާއަށް 6.1 މެގްނިޓިއުޑްގެ ބާރުނިމުގައި ވަނީ ބިންހެލުމެއް އަތުވެފައެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސްމަޓްރާއަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސްނާމީގައި ދިވެހިރާއްޖެއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ނިޔާވެފައިވެއެވެ.




4 Responses
ބިންހެލުން އަތުވެފައިވަނީ އެއް ނޫން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
2014 ނޫން. 2004 ރަނގަޅު ގޮތަކީ
Ragalu muloomaathu 2014 noon 2004
2004 vana aharu kuragalhu kolavaa