ކޮކާކޯލާ ކަރުދާސް ފުޅީގައި ބަންދުކުރުމުގެ މަސައްކަތްފަށައިފި

ދުނިޔޭގެ އެންމެ މަގުބޫލު ސޮފްޓް ޑުރިންކް ކޯކް ނުވަތަ ކޮކާކޯލާ ކަރުދާސް ފުޅީގައި ބަންދު ކުރުމުގެ މަސައްކަތް އެ ބުއިން އުފައްދާ ކޮކާކޯލާ ކުންފުނިން ފަށައިފިއެވެ.

ޑެންމާކު ކުންފުންޏެއް ކަމަށްވާ ޕެބޯކޯ ނުވަތަ ޕޭޕާރ ބޮޓެލް ކޮމްޕެނީއާއި ގުޅިގެން އުފައްދާ މި ފުޅީގެ ޕްރޮޓޯޓައިޕް މިހާރު ދައްކާލައިފައިވާއިރު މި ފުޅީގައި ބޭނުން ކޮށްފައިވާ ކަރުދާހަކީ އެހެން ކަރުދާސްތަކަށްވުރެ ވަރުގަދަ ކަރުދާހެކެވެ. ނަމަވެސް މިއީ މުޅިން ކަރުދާހުން އުފައްދައިފައިވާ ފުޅިއެއް ނޫނެވެ. ޕްރޮޓޯޓައިޕް އުފެއްދުމުގައި ވަރަށް ތުނި ޕްލާސްޓިކް ފަށަލައެއް ބޭނުން ކޮށްފައި ވެއެވެ.

ކޮކާކޯލާ ބަންދުކުރާ ފުޅިއަކީ 100 އިންސައްތަ ކަރުދާހުން އުފައްދައިފައިވާ ރިސައިކަލް ކުރެވޭ ފުޅިއަކަށް ހެދުމުގެ މަގުސަދުގައި ފަށައިފައިވާ މި މަސައްކަތުގައި އުފައްދާ ފުޅިއަކީ ރައްކާތެރި ބުއިމެއް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެވޭނެ ފުޅިއަކަށް ވާނެކަމަށް ކޮކާކޯލާ ކުންފުނިން މައުލޫމާތު ދެއެވެ. ކޮކާކޯލާ ކުންފުނިން މަސައްކަތް ކުރަމުން އައްނަނީ 2030 ވަނަ އަހަރު ނިމެންވާއިރަށް އެ ކުންފުންޏަކީ ޒީރޯ ވޭސްޓް ކުންފުންޏަކަށް ހެދުމުގެ މަގުސަދުގައެވެ.

ޕްލާސްޓިކް ކުނި އުފައްދާ މައްސަލައިގައި ކޮކާކޯލާ ކުންފުންޏަށް މިހާރުވެސް އައްނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. މިގޮތުން އެހީދޭ ޖަމާއަތެއް ކަމަށްވާ ބުރޭކް ފުރީ ފުރޮމް ޕްލާސްޓިކް އިން މިދިޔައަހަރު ކުރި ދިރާސާއަކުން ދައްކާގޮތުގައި އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ކުނި އުފައްދާ ކުންފުންޏަކީ ކޮކާކޯލާ ކުންފުންޏެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ