ރާއްޖޭގެ އިތުރު 13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅަން ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
މިކަންހާމަކޮށް ޔޫތު މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ 13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅަން ނިންމައި، ޓެންޑާ ބޯޑަށް މިއަދު ފޮނުވައިފާވާކަމަށެވެ.
ޓާފު އަޅަން ނިންމައި، ޓެންޑާ ބޯޑަށް ފޮނުވި 13 ރަށުގެ ތެރޭގައި ހިމެނެނީ އަލިފުށި، ފ.ނިލަންދޫ، ސ.ފޭދޫ، ފުވައްމުލަށް، ތިނަދޫ، ލ.ގަން، ހިންނަވަރު، ހޮޅުދޫ، ދިއްދޫ، ވިލިނގިލި އަދި މާމިގިލީގެ އިތުރުން ނެއްލައިދޫއާއި ކެނދިކުޅުދޫއެވެ.
މީގެކުރިންވެސް ބައެއް ރަށްރަށުގެ ފުޓްސަލް ދަނޑުތަކުގަޔާއި ފުޓްބޯޅަ ދަނޑު ތަކުގައި ޓާރފް އަޅައިދޭނެ ފަރާތެއް ހޯދުމަށް ޔޫތް މިނިސްޓްރީންވަނީ އިޢުލާންކޮށްފައެވެ.
މީގެ އިތުރުން މިއަދު ޓެންޑާއަށް ފޮނުވި 13 ރަށުގެ އިތުރުން، އިތުރު 11 ރަށެއްގެ ފުޓްބޯޅަ ދަނޑެއްގައި ޓާފުއަޅަން ވަރަށް އަވަހަށް އިޢުލާނުކުރެވިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



