ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މާދަމާއިން ފެށިގެން ހުކުރު ޚުތުބާތައް ކުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެމިނިސްޓްރީން ވަނީ މީގެ ދެ ދުވަސް ކުރިން އެކަން އަންގާފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ، ފެބްރުއަރީ 19 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރު ޚުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ.
އެމިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ކޮވިޑް 19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މާދަމާ ރާއްޖޭގެ ރައްތަކުގައި ކިޔުމަށް ހަމަޖެހިފައިވާ ހުކުރު ޚުތުބާގައި ވަނީ 4 ޞަފްޙާއެވެ. "ތިމާއާއި އަނެކުންގެ މަސްލަހަތައް ރައްކާތެރިވުން" މި މަޢުލޫއަށް ލިޔެފައިވާ މި ޚުތުބާގައި މިއަދުގެ ހާލަތަށް ވަނީ އަލުއަޅުވާލައްވާފައެވެ.
ހުކުރު ޚުތުބާތައް ކުރުކުރުމަސް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު، އަތޮޅު ތެރޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރިފައެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.
މީގެ ކުރިންވެސް ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖޭގެ މިސްކިތްތަކުގެ ޖަމާޢަތްވެސް ވަނީ މެދުކަނޑާލައިފައެވެ.
ނަމާދަށްދާ މީހުން ސަމާލުކަންދޭން ޖެހޭ މިންގަނޑުތައް:
1. ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން
2. މުސައްކައެއް ގެންދިއުމާއި މާސްކު އެޅުން
3. މިސްކިތަށް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
4. މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަރުން ފެށިގެން ފުރަމުން ގެންދިއުން
5. އަނެކާގެ މުސައްލަ މައްޗަށް ވާގޮތަށް މުސައްލަ ނޭޅުމާއި، އެމީހެއްގެ މުސައްލަ މަތީގައި އެމީހަކު ހުރުން
6. ރޯނގާ ޖެހިފައި، ނުވަތަ ކެއްސާނަމަ، ނުވަތަ ހުން އައިސްފައިވާނަމަ، މިސްކިތަށް ނުދިއުން
7. ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުން
8. ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން
9. މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަދާ އަތްޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަމުން ދުރުހެލިވުން
10. މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން



