ލިއޮނަލް މެސީ - ފޮޓޯ: އެފްސީ ބާސެލޯނާ

އެންމެ މުސާރަ ބޮޑު 10 ކުޅުންތެރިންގެ ލިސްޓްގެ ކުރީގައި މެސީ

މިވަގުތު ދުނިޔޭގައި އެންމެ ބޮޑު މުސާރައެއްލިބޭ ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި އާރޖެންޓީނާގެ ލިއޮނަލް މެސީ ހިމެނިއްޖެއެވެ. މެސީއަށް ޓެކްސްއަށް ނުކަނޑާ މަހެއްގެ މައްޗަށް 7.3 މިލިއަން ޕައުންޑް ލިބޭކަމަށް ރިޕޯރޓްތައް ބުނާއިރު މިއީ ވާދަވެރި ރޮނާލްޑޯއަށް ޖުވެންޓަސްގައި ލިބޭ ވަރަށްވުރެ ދެގުނަ ބޮޑު އަދެދެކެވެ.

"އެލް- އިކުއިޕްސް އެނުއަލް ސެލެރީ ރިޕޯރޓް"އިން މިދިހަ ކުޅުދުންތެރިންގެ ލިސްޓް ހާމަކުރިއިރު، މިލިސްޓްގައި ހިމެނެނީ ސްޕްއިންގައި ކުޅޭ 5 ކުޅުންތެރިންނާއި އިންގްލެންޑް އަދި ފްރާންސް މިއިން ކޮންމެ ތަނަކުން 2 ކުޅުންތެރިންނާއި އިޓަލީއިން 1 ކުޅުންތެރިއެކެވެ.

މިފަހަކަށްއައިސް މަހެއްގެ މައްޗަށް ފުޓްބޯޅަ ކުޅުންތެރިންނަށް ލިބެމުންދާ މުސާރަ ނުހަނު ބޮޑުއިރުވެސް، 2017ގައި ބާސާގެ ކޮންޓްރެކްޓް އާކުރި މެސީއަށް ލިބެމުންދާ މިމުސާރައަކީ ތަފާތު ބޮޑު އަދަދެކެވެ.

ދެވަނައިގައި އޮތް ރޮނާލްޑޯއަށް މަހެއްގެ މައްޗަށް 4.1 މިލިއަން ޕައުންޑް ލިބޭއިރު، ނިމިގެންދިޔަ ވޯލްޑްކަޕްގެ ކުރިން އެތުލެޓިކޯއާއެކު އެއްބަސްވުން އާކުރި އެންޓޮއިން ގްރިޒްމަން މިލިސްޓްގެ 3 ވަނައަށްދަނީ 2.9މިލިއަން ޕައުންޑާއެކުގައެވެ. ގްރިސްމަންގެ ފަހަތުން ޕީއެސްޖީއަށް ކުޅޭ ނޭމާ 2.7 މިލިއަން ޕައުންޑާއެކު މިލިސްޓްގައި އޮތްއިރު ފަސްވަނައިގައި ސުއަރޭސް އޮތީ 2.5 މިލިއަން ޕައުންޑާއެކުގައެވެ.

  1. ލިއޮނަލް މެސީ – 7.3 މިލިއަން ޕައުންޑް
  2. ކްރިސްޓިއާނޯ ރޮނާލްޑޯ – 4.1 މިލިއަން ޕައުންޑް
  3. އެންޓޮއިން ގްރިޒްމަން – 2.9 މިލިއަން ޕައުންޑް
  4. ނޭމާ – 2.7 މިލިއަން ޕައުންޑް
  5. ލުއިސް ސުއަރޭސް – 2.5 މިލިއަން ޕައުންޑް
  6. ގެރެތު ބޭލް – 2.2 މިލިއަން ޕައުންޑް
  7. ފިލިޕެ ކުޓީނިއޯ – 2 މިލިއަން ޕައުންޑް
  8. އެލިކްސް ސަންޗޭސް - 2 މިލިއަން ޕައުންޑް
  9. ކީލިއަން އެމްބާޕޭ – 1.5 މިލިއަން ޕައުންޑް
  10. މެސުޓް އޮޒިލް – 1.4 މިލިއަން ޕައުންޑް

މީގެއިތުރުން އެލް އިކުއިޕްސްއިންވަނީ ފްރާސްގެ ލީގް 1 ގެ ވެސް އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ލިސްޓް ހާމަކޮށްފައެވެ. މިލިސްޓްގެ ގަދަ 5 ގައި ޕީއެސްޖީ ގެ ކުޅުންތެރިންހިމެނޭއިރު އެއީ ނޭމާ، އެމްބާޕޭ، ކަވާނީ، ތިއާގޯ ސިލްވާ އަދި ޑިމާރިއާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ