ޓައިގާ ލީ ސޯޓެއްގެ ސަބަބުން، ދީޝާ، އޭނަ "ބްރޯ-ޒޯން" ކޮށްލައިފި!

ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާ އެކްޓަރ ޓައިގާ ޝްރޮފް އާއި ދީޝާ ޕަޓާނީގެ ޖޯޑަކީ، ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑެވެ. ނަމަވެސް، ޓައިގާ ދާދިފަހަކުން މީސްމީޑިއާއަށް ލީ ފޮޓެއެއްގެ ސަބަބުން ދީޝާ އޭނާ "ބްރޯ-ޒޯން" އަށް ވައްޓާލީކަމަށް ބުނެ ފޭނުން އަޑުފަތުރަން ފަށައިފިއެވެ.

ޓައިގާ ދާދިފަހަކުން ވަނީ، ފިޔާތޮށި ކުލައިގެ ކުރު ސޯޓެއް ލައިގެން ހުރި ފޮޓޯއެއް އޭނަގެ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ. ލައިގެން ހުރި ފިޔާތޮށި ކުލައިގެ މި ސޯޓުގައި އިނީ ޓްރޮޕިކަލް ޕްރިންޓެއް ޖަހާފައެވެ. އަދި ފޯޓޯގައި ޓައިގާ ހުރީ ހަމައެކަނި ސޯޓެއް ލައިގެން ހުސްގަޔާއެވެ. އަދި މި ފޯޓެގެ ކެޕްޝަންގައި " ކިއުޓް ޝޯޓްސް ބްރޯ" މިހެން ލިޔެފައި ހުއްޓެވެ.

ދީޝާވެސް ޓައިގާއާއި ދިމާލަށް "ބްރޯ" އޭ ކިޔާ މުހާތަބުކޮށް މި ފޮޓޯއަށް ކޮމެންޓުކޮށްފައެވެ. މި ކޮމެންޓުގެ ސަބަބުން ފޭނުން ބުނެފައިވާ ގޮތުގައި، ދީޝާ ވަނީ ޓައިގާ ލީ މި ސޯޓުގެ ސަބަބުން އޭނާ "ބްރޯ-ޒޯން" ކޮށްލައިފައެވެ.

ޓައިގާ އާއި ދީޝާ ރައްޓެހިވެހެން އުޅޭ ކަމުގެ އަޑު ފެތުރުނު ނަމަވެސް، މިކަން އަދި މިހާތަނަށް އެކަކުވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަޑުފެތުރިފައިވާ ގޮތުގައި، މި ދެމީހުންގެ ލޯބީގެ ގުޅުން ފެށުނީ، ދެމީހުން އެކިގައި ފެނިގެންދިޔަ ފުރަތަމަ މަސައްކަތް ކަމުގައިވާ "ބޭފިކްރޭ" މިޔުޒިކް ވީޑިއޯ އިން ދިމާވި ހިސާބުންނެވެ.

އޭގެ ފަހުން ދީޝާ އާއި ޓައިޣާ ވަނީ ފިލްމް "ބާގީ" ގެ ދެވަނަ ބައިން ފެނިގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ