ވޯލްޑް ލޯގޯ ކޮމްޕެޓިޝަންއިން ނައުޝާ ރާއްޖެއަށް ރަންވަނަ ހޯދައިދީފި

މިއަހަރުގެ "ވޯލްޑް ލޯގޯ ކޮމްޕެޓިޝަން"ގެ ތިން ވަނަ ކެޓެގަރީއިން ނައުޝާ ރާއްޖެއަށް ރަންވަނަ ހޯދައިދީފިއެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރި ހައްވާ ނައުޝާއަކީ އިސްދޫ ހެލްތް ސެންޓަރުގައި އެސިސްޓެންޓް ލައިސެންސްޑް ނަރުހެއްގެ މަސައްކަތް ކުރަމުން އަންނަ ނަރުހެކެވެ. އަދި އުމުރުން 18 އަހަރުގައި އެސެންޓަރުގައި މަސައްކަތްކުރަންފެށި ހައްވާ ނައުޝާއަކީ އެސެންޓަރުގައި މަސައްކަތް ކުރާ އެންމެ ހަގު ނަރުހެވެ.

ރީޖަނަލް އެލައިންސެސް ފޯރ ފޯސްޓަރިންގ ޔޫތު (ރަފީ)ގެ އިވެންޓް އޯގަނައިޒިންގ ކޮމެޓީގެ ކުރީގެ ވައިސް ޗެއަރއަކަށްހުރި ނައުޝާ 2018 ވަނަ އަހަރު ބޭއްވި ރަފީ ގާލާގައި އެޖަމިއްޔާގެ އެންމެ އައުޓްސްޓޭންޑިންގ މެންބަރުކަން ހޯދާފައިވެއެވެ.

ނައުޝާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓް ޔުނިއަން، އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީގެ ކުރީގެ މެންބަރުކަންވެސް ކޮށްފައިވެއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ލަންކާގައި ބޭއްވުނު ސައުތު އޭޝިއަން ޔޫތު ސަމިޓުގައި، އެންމެ މޮޅު ފޮޓޯ ގްރަފަރގެ މަގާމުވެސް ނައުޝާ ހޯދާފައިވެއެވެ.

ރާއްޖެއާއެކު ވޯލްޑް ލޯގޯ ކޮމްޕެޓިޝަން 2019 ގައި ނޭޕާލް، އަފްގާނިސްތާން، ކެންޔާ، ބޫޓާން، ފިލިޕީންސް އަދި ލަންކާ ފަދަ ސަރަޙައްދީ ބޮޑެތި ގައުމުތަކުންވަނީ ވާދަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް